Saturday, October 31
މި އަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާ ވަޒީރު ޝަހީމު ބައްދަލު ކުރައްވައިފި

1446 ވަނަ އަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝަހީމް ވަނީ ހައްޖު މިޝަންގެ މެމްބަރުންނަށް އެ ބޭފުޅުންގެ ޒިންމާތައް ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ހައްޖުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ހައްޖުވެރިންނަށް ދިމާވާ ދަތިތަކަށް އަވަސް ޙައްލު ހޯދުމަށް މަސައްކަތްކުރުމަށާއި، ހައްޖުވެރިންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށެވެ.

މިއަހަރުގެ ހައްޖު މިޝަންގައި ހިމެނެނީ ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލްިކަލް ޑޮކްޓަރަކާއި، ދީނީ ޢިލްމުވެރިންގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ބޭފުޅެކެވެ. މި ބޭފުޅުން ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވެ، ދިވެހި ހައްޖުވެރިންގެ ކަންކަން ގާތުން ބަލަހައްޓަވާނެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު