Monday, November 2
ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ފަރުވާ ހޯދަން ދިޔަ ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިމަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި އެކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެނިގެންދަނީ ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު ކުއްޖާއަށް އަނިޔާކުރާ މަންޒަރެވެ. އަދި ވީޑިއޯގައި އެ މީހާ ކަތުރެއތުރެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ގެންގުޅޭ މަންޒަރު ވެސް ފެނިގެންދެއެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު