Thursday, November 12
ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ތަޢާރަފުކުރުމަށް މަޝްވަރާކޮށްފި

ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ތަޢާރަފުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ ގއ. ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް އާއި ކައުންސިލްގެ އިތުރު މެންބަރުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް، އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ގއ. އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ތަޢާރަފުކުރުމާ ގުޅޭގޮތުންނާއި ގއ. ދާންދޫގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އަދި މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އާއި އިމިގްރޭޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލް ތަކުން އެއްބާރުލުން ލިބޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު