Thursday, November 12
އިންޑިއާ-ޕާކިސްތާން ހަމަލާތައް ހުއްޓާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމުން ރާއްޖެއިން މިރޭ މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާ އާއި ޕާކިސްތާނުން ދެމުންދިޔަ ހަމަލާތައް ހުއްޓާލައި ސުލްހަ އާއި މަޝްވަރާގެ މަގު އިހުތިޔާރުކޮށް، ސަރަހައްދީ ހަމަޖެހުމަށްޓަކައި އެޅުއްވި ފިޔަވަޅަށް ދެ ގައުމުގެ ލީޑަޝިޕަށް ތައުރީފު ކުރައްވާފައެވެ.

އެ ހަމަލާތައް ފެށިފައިވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މިދިޔަ މަހުގެ ފަހުކޮޅު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރަށް ހަމަލާ ދޭން ފެށުމުންނެވެ.

އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއްނެތް އާންމުން ކަމަށެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރުވަނީ އިންޑިއާއިން އިތުރު ހަމަލާތަކެއް ނުދޭނަމަ މަސްރަހު ފިނިކުރުމަށް އެގައުމުން އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ. ނަމަވެސް އިންޑިއާއިން އެއްވެސް ހަމަލާއެއް ދީފި ހާލަތެއްގައި އެކަމަށް ޖަވާބުދޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އިސްހާގް ޑަރް ވިދާޅުވީ، މިކަން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މާކް ރޫބިއޯއަށްވެސް އަންގަވާފައިވާކަމަށެވެ. އަދި މިހާތަނަށް ރައްދުތަކެއް ދީފައިވަނީ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުގެ ސަބަބުންކަމަށް ބުނެފައިވެއެވެ. އެމެރިކާ އަދި އެހެނިހެން ގައުމުތަކުންވަނީ އިންޑިއާ އާއި ޕާކިސްތާނަށްވެސް މަސްރަހު ފިނިކުރުމަށްޓަކައި މަސައްކަތްތައް ކުރުމަށް އިލްތިމާސްކޮށްފައެވެ. އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިން މަންދޫބަކު ހާމަކުރިގޮތުން އެ ގައުމުންވަނީ މައްސަލަ އިތުރަށް ގޯސްނުކުރުމަށް އިރުޝާދު ދީފައެވެ. އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގައި އެ ގައުމުން އެއްބާރުލުން ދޭނެކަން ހިއްސާކޮށްފައިވާކަންވެސް ހާމަކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު