Saturday, October 31
ކުޑަކުދިންނާއި ޒުވާނުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ޔުނިސެފް މޯލްޑިވްސްއިން އެދިއްޖެ

ކުޑަކުދިންނާއި ޒުވާނުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ޔުނިސެފް މޯލްޑިވްސްއިން އެދިއްޖެއެވެ. މިކަން އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވަނީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޔުނިސެފުން ބުނީ ރާއްޖެއިން ވަނީ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. ނަމަވެސް، އިޤްތިޞާދީ ކުރިއެރުމާއެކު އައިސްފައިވާ ބަދަލުތަކުގެ ސަބަބުން "ސެކަންޑް ޖެނެރޭޝަން" ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ޔުނިސެފުން ފާހަގަކުރިއެވެ.

މި ގޮންޖެހުންތަކުގެ ތެރޭގައި ސާނަވީ ތަޢުލީމު ނިންމާ ކުދިންގެ ތެރެއިން މަދު އަދަދެއްގެ ކުދިން މަތީ ސާނަވީއަށް ދިއުމާއި، ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ތަޢުލީމާއި ވަޒީފާ ނުވަތަ ތަމްރީނުގައި ނޫޅުން ހިމެނެއެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ޤާނޫނުތައް ތަންފީޒުކުރުމާއި، އިޖުތިމާޢީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނުމުގައި ދަތިތަކެއް ހުރި ކަމަށް ޔުނިސެފުން ބުންޏެވެ.

ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އައްޑާއީ ވިދާޅުވީ ކުޑަކުދިންނާއި ޒުވާނުންގެ މުސްތަޤްބަލަށްޓަކައި މިހާރަށްވުރެ ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ޔުނިސެފުން އަބަދުވެސް ދެމިއޮންނާނީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޔުނިސެފުން ރާއްޖެއިން ކުރަން އިލްތިމާސްކުރި ކަންކަމުގެ ތެރޭގައި ކުޑަކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކުރިއެރުންތައް ދެމެހެއްޓުމާއި، ޒުވާނުންނާ ގުޅުންހުރި ގޮންޖެހުންތައް ޙައްލުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު