Monday, November 2
ރާއްޖޭގެ ފުރަތަމަ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފަށައިފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްއަކީ ކަމާގުޅުންހުރި ހުރިހާ އިދާރާތައް ހިމެނޭހެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ އިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމެވެ.

މި ކޮންފަރެންސްގައި، މި ދާއިރާއިން އަށް ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާއި ކޮލެޖު، ޔުނިވަރސިޓީތަކުން ހުށަހަޅާ ޕޭޕަރުތައް ހިމެނެއެވެ. އަދި ދެ ކީނޯޓް ސްޕީކަރުން ވާހަކަދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ޖުވެނައިލް ޖަސްޓިސް ސިސްޓަމް ބިނާވެފައިވަނީ ރިހެބިލިޓޭޝަން، ރީއިންޓެގްރޭޝަން، އަދި ރިސްޓޯރޭޓިވް ޖަސްޓިސްގެ އުސޫލުތަކުގެ މައްޗަށެވެ. މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ކުށް ތަކުރާރުކުރުން ހުއްޓުވުމާއި، ކުށްކުރާ ކުޑަކުދިން އަލުން މުޖުތަމަޢުއަށް ގެނައުމެވެ.

ނަމަވެސް، ކުށް ހުއްޓުވުމާއި، ޑައިވާޝަން ޕްރޮގްރާމްތަކާއި، ރިހެބިލިޓޭޝަންގެ ޚިދުމަތްތަކާއި، ބަންދު ނޫން ފިޔަވަޅުތައް އެޅުން ފަދަ ދާއިރާތަކުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މި ކޮންފަރެންސްގެ އަމާޒަކީ މި ދާއިރާގައި ހިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގައި ހުރި ހުރަސްތައް ނައްތާލައި، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު