Monday, November 2
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: ޑރ.ޢާއިޝަތު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންގެ ތެރެއިން 72 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިކަން އެކަމަނާ ހާމަކުރެއްވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މައިންބަފައިން ކުޑަކުދިންނާއެކު ހޭދަކުރާ ވަގުތާއި، އެވަގުތުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަހުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަމެވެ.

"އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދޭ. މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަރުކަޒެއްގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުން ސާބިތުވެފައިވެއެވެ. އެހެންކަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ރައްކާތެރިކަން ލިބިގެން ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރެއްވުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ޝަހުސިއްޔަތު ބިނާކުރުމާއި، އަހުލާގީ މިންގަނޑުތަކާއި އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމުގައި އާއިލީ ވެއްޓަކީ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކަންތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންނަންޖެހޭ ހާލަތްތައް މެދުވެރިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު