މިނިސްޓްރީގެ އަމާޒަކީ ސްކޫލް މާހައުލަކީ ކުޑަކުދިންނަށް އަމާން، ރައްކާތެރި، އުފާވެރި ވެެއްޓެއްކަމުގައި ހެއްދެވުން ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަން ޙާސިލުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އެގޮތުން މުދައްރިސުންނާއި، ބެލެނިވެރީންނާއި، ރަށު ކައުންސިލް އަދި މިނިވަން މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
''މިކަން ގުޅިގެން، ހެޔޮ ގޮތުގައި ކުރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ހޯދައިދެވޭނީ ކުޑަކުދިންނަށް އުފާވެރި މުސްތަޤުބަލެއް، ބިނާވެގެން ދާނީ ޤައުމާއި އެކު ކުރިއަށް ދާނެ، އޮއްޓަރު ހުރި ޖީލެއް'' ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.
ކުޑަކުދިންނަށް އަމާން، ރައްކާތެރި ވެށްޓެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އެކުދިންނަށް ހޯދައިދެވޭނީ އުފާވެރި މުސްތަޤްބަލެއްކަމަށާއި، ބިނާވާނީ ޤައުމައިގެން ކުރިއަށްދާނެ އޮށްޓަރު ހުރި ޖީލެއްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިއެވެ.
މި ލިޔުން ކިޔާލުމުން