ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެންމެ އިސް ދެ މަގާމުކަމަށްވާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އެ އޮފީހުގެ ދެ ގާނޫނީ ވަކީލަކު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ ދަށުން މަސައްކަތްކުރައްވާ އެންމެ އިސް ދެ ވެރިންގެ މަގާމަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު މިއަދު އެ އޮފީހުން ނޫސްވެރިންނާ ހިއްސާކޮށްފައިވެއެވެ. އެގޮތުން އެ މަގާމުތަކަަށް އައްޔަންކުރެއްވީ:
- ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާއިޝާ މުހައްމަދު
އާއިޝާ މުހައްމަދަކީ ޑިސެންބަރު 14، 2011 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަަތްކުރައްވަމުންދާ ވަކީލާއެކެވެ. އޭނާއަކީ މިހާރު އެ އޮފީހުގައި މަސައްކަތްކުރައްވާ ވަކީލުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ވަކީލުކަން އެ އޮފީހުން ފާހގަަކުރެއްވިއެވެ.
އާއިޝާގެ އިތުރަށް މިހާރުވެސް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަަގާމުގައި ހުންނެވި މަހުމޫދު ސަލީމު އެ މަގާމުގައި ހުންނަވާނެ ކަމުގައި އެ އޮފީހުން ބުނެފައިވެއެވެ. އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ސާމީ އައްޔަންކުރައްވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން