Thursday, November 12
2028ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި: ރައީސް

ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، ބަދަލުކުރުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ހިންގާނެ މަޝްރޫއު، މޯލްޑިވްސް 2.0 މިރޭ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް އެމަނިކުފާނު އުންމީދު ކުރައްވަނީ 2028 ވަނަ އަހަރާ ހަމައަށްދާއިރު އެވެ.

ރާއްޖެ ޑިޖިޓަލައިޒޭޝަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އޮފީހުގައި ތިބެގެން ޚިދުމަތްދޭން ތިބޭ މީހުންގެ އަދަދު މަދުކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

"2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ 49,000 މުވައްޒިފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ވޯކް ފްރަމް ހޯމް -- ގޭގައި ތިބެެގެން މަސައްކަތް ކުރާ ގޮތަކަށް ބަދަލު ކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ މުވައްޒިފުން މަސައްކަތް ކުރާނީ ހަފްތާއަކު ވަކި މިންވަރެއް އޮފީހުގައި ތިބެން ޖެހޭ ގޮތަކަށެް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޮންމެހެން ނިކުންނަން ޖެހޭ މުވައްޒިފުންނަށް ބަދަލެއް ނާންނާނެ ކަމުގައި ވިދާޅުވި އެވެ.

"ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިރޭ ވިދާޅުވެވުނު ކުށެއް އިސްލާޙު ކުރައްވާ ރަނގަޅު ގޮތް އެމަނިކުފާނު ވިދާޅުވެ ދެއްވައިފި އެވެ.

އެކަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވޯރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، ބަދަލުކުރުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު