Monday, November 2
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:25 ހާއިރުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދުވާ ޓްރެކް ކައިރިން އިރުން ހުޅަނގަށް ދަތުރުކުރަމުން ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވި ފަރާތް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، އަނިޔާވި މީހާގެ ހާލަތާ ގުޅޭ އިތުރު މަޢުލޫމާތެއް މި ވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު