Monday, November 2
ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް މުޅިރާއްޖޭގައި ފާހަގަކުރަނީ
އެޑިޔުކޭޝަން މިނިސްޓްރީން އިސްނަގައިގެން މުޅިރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ނިންމައިފިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މާދަމާ އެއްގަޑިއެއްގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ހިންގާނެއެވެ. އެގޮތުން މި ހަރަކާތްތައް ވާނީ ކުޑަކުދިންނާ ގުޅޭ ޝަޢުގުވެރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކުގައިކުރިއަށް ދާނެއެވެ. މާދަމާ ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ރާވާފައިވީނަމަވެސް، އެ ހަރަކާތްތައް ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އަދި ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ވީހާވެސް ޚަރަދުކުޑަކޮށް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ. ކުޑަކުދިންގެ ދުވަސް މާލޭގައި ކުރިއަށް ގެންދިއުމަށް 5 ހިސާބެއްގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އެ ސަރަޙައްދުތަކަކީ ހުޅުމާލެ ސެންޓްރަލް ޕާކް، މުހިޔިއްދީން ސްކޫލް، ރަސްފަންނު ، ހެންވޭރު ދަނޑު އަދި ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދުއެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު