Thursday, November 12
މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް އެޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފި
ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް މިއަހަރުގެ އެޕްރީލްމަހުގެ ނިޔަަލަށް 55.5 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ސްކޮލަރޝިޕްގެ އިތުރުން ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންދާ ދަރުވަރުންނާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް މިއަދު ހިއްސާކުރައްވާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެ ވުޒާރާއިން ވަނީ 55.5 މިލިޔަން ރުފިޔާ ސްކޮލަރޝިޕްގެ ގޮތުގައި ދޫކޮށްފައެވެ. މިއީ ޖުމްލަ 751 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ. މީގެ ތެރެއިން 34 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 25 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނެވެ. މީގެ އިތުރުން، 717 ދަރިވަރުން މިހާރުވެސް މި ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 456 އަންހެން އަދި 250 ފިރިހެން ކުދިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ހިލޭ ޑީގްރީ ސްކީމަށް އެކަނިވެސް 51.7 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 8,327 ދަރިވަރުންނަށް އެހީތެރިވެދިނުމަށް ދޫކުރެވިފައިވާ އަދަދުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އެއީ 5،258 އަންހެން ކުދިންނާއި 3،069 ފިރިހެން ދަރިވަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު