އިންޑިޔާގައި ބޭއްވި "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުން ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑަށް ލިބުނު ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މި މަހުގެ 23 ވަނަ ދުވަހު އޮލިމްޕަހުގައި ކާއްޞަ ޝޯވް އެއް ބާއްވަން ނިންމައިފިއެވެ.
މިއަދު ޓީވީއެމްގެ ހޭޔަންބޯ ޝޯވްގައި ޓޫއޮފް އަސް އިން ބުނީ މި ޝޯގައި އިންޑިޔާގެ މަޝްހޫރު ބޭންޑެއްގެ ހުށަހެޅުމަކާއި، ބޮލީވުޑްގެ ފަންނާނު ގެ ހުށަހެޅުމެއްވެސް ހިމެނޭނެކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖެ އާއި އިންޑިޔާގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައް ފެނިގެންދާނޭކަމަށް އެ ބޭންޑުން ބުނެއެވެ.
ޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރާނެ ކަމަށްވެސް "ޓޫ އޮފް އަސް" އިން ބުނެފައިވެއެވެ.
"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުގައި 12 ޤައުމެއްގެ ބޭންޑުތަކާ ވާދަކޮށް، "ޓޫ އޮފް އަސް" އިން ވަނީ 3 ވަނަ ހޯދާފައެވެ.
"ޓޫ އޮފް އަސް" އިން ހޯދި މި ކާމިޔާބީ އަކީ ރާއްޖެއިން ދަނީ ފާހަގަކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން