Thursday, November 12
މަސްތުވާތަކެތި ކަމަށް ތުހުމަުކުރެވޭ 40 ފުޅި އާއި އެކު 2 ބިދޭސީން ހައްޔަރުކޮށްފި
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 40 ފުޅިއާ އެކު އިންޑިއާގެ ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ, ހުޅުމާލެ ފޭސް އެކެއް، މިދިލި މަގުގައި ރޭ "އޭބީ1ބީ ސީ4278" ވޭން ހުއްޓުވި ހުއްޓުވާ ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 40 ފުޅި (500 އެމްއެލް) ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީ އާއި އުމުރުން 27 އަހަރުގެ ތަލަޕަތީ ޕުގަޒެންދީއެވެ.

ފުލުހުން ބުނީ, އެ ވޭން މިހާރު ޓޯކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު