Monday, November 9
މެރިކަލްޗަރ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބޭނެ ފުރުޞަތު އެބައޮތް: ޝިޔާމް

 މެރިކަލްޗަރ ދާއިރާގައި މެރިކަލްޗަރ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބޭނެ ފުރުޞަތު އެބައޮތްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މެރިކަލްޗަރ ސިނާޢަތަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިހާރުވެސް 4 ސަރަޙައްދެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އެ 4 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށް ވަނީ ކަނޑައަޅާފައެވެ. މެރިކަލްޗަރ ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވާއިރު މި ސަރަހައްދުތަކުގައި މެރިކަލްޗަރ ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ލޭންޑް އެކުއިޒިޝަނަށް ފައިސާގެ އިތުރުން، ފުރަތަމަ 3 އަހަރުގެ ބިމު ކުލިވެސް ނުނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު މި މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތުގެ ނަފާ އެންމެ އެދެވޭ ގޮތެއްގައި ލިބިގެންދާނީ މި މަސައްކަތް ކުރާނެ ޤާބިލް ދިވެހި ދަރީންތަކެއް ތަމްރީނުކޮށްގެންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު