ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 73.7 އިތުރުވެއްޖެއެވެ.
މާލީ ވުޒާރާއިން އާންމުކުރި 01 މެއި 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު ހިމަނައި، ނިމިގެންދިޔަ ހަފްތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ގްރީން ޓެކުހުގެ އާމްދަނީ 73.7 އިންސައްތައިން އިތުރުވެފައިވާއިރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީ ވަނީ 31.9 އިންސައްތައިން އިތުރުވެފައެވެ. އޭގެ އިތުރުން، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ)ގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ 5.3 އިންސައްތައިން އިތުރުވެފައެވެ.
ނިމިގެންދިޔަ ހަފްތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް-ނޫން އާމްދަނީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 32.3 އިންސައްތައިން އިތުރުވެފައިވެއެވެ. އެގޮތުން، މި އާމްދަނީގެ 20.1 އިންސައްތަ ޙިއްސާކުރަނީ ރިސޯޓް ބިމުކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، 01 މެއި 2025 ގެ ނިޔަލަށް ދައުލަތް ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން އަދި ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު 3.3 އިންސައްތައިން ވަނީ ދަށްވެފައެވެ.
2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން، 01 މެއި 2025 ގެ ނިޔަލަށް ހިނގާފައިވަނީ 24.3 އިންސައްތައެވެ.
ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ޚަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް އަލުން ރިވިއުކޮށް، ނަތީޖާނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 އިންސައްތައިން ވަނީ ދަށްވެފައެވެ.
ޚަރަދު ކުޑަކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކާއެކު، ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ 3.3 އިންސައްތައިން ވަނީ ދަށްވެފައެވެ.
ނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 އިންސައްތައިން ވަނީ އިތުރުވެފައެވެ.
މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން