Monday, November 2
އެމް.ޑަބްލިޔު.އެސް.ސީން ފެން ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ވަނީ ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލުގެ ޖޫރިމަނާ މަޢާފުކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް ފަށައިފައެވެ. މި ޕްރޮގްރާމަކީ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ އިތުރު ޕްރޮގްރާމެކެވެ.

އެމް.ޑަބްލިޔު.އެސް.ސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކުންފުނީގެ ީގެ ޑޮމެސްޓިކް އަދި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. ނަމަވެސް މި ފުރުޞަތު ލިބޭނީ 2025 ވަނަ އަހަރުގެ މޭ 1 އިން ފެށިގެން ޑިސެމްބަރު 31 އާ ދެމެދު ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށެވެ.

މީގެ އިތުރުން، އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމްވެސް ހަމަޖައްސައިދޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވެއެވެ. މި ގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އަހުމަދު ޝިފާން ވިދާޅުވީ، "މި ޕްރޮގްރާމަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް. ޚާއްޞަކޮށް އިޤްތިޞާދީ ގޮތުން ދަތި ހާލަތެއްގައި ތިބި ފަރާތްތަކަށް މިއީ ވަރަށް މުހިންމު ފުރުޞަތެއް."

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކަސްޓަމަރުންނަށް ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސް.އެމް.އެސް ކުރުމަށް ނުވަތަ mail@mwsc.com.mv އަށް އީމެއިލް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން އިލްތިމާސްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު