މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ އޮންލައިން ޕޯޓަލް "އިމުގާ" ގެ ނަމުގައި ފޭކް ވެބްސައިޓްތަކެއް އުފައްދައި ދައުރުކުރަމުންދާތީ، މިކަމަށް ރައްޔިތުން ސަމާލުވުމަށް އެ އިދާރާއިން މިއަދު އާންމުކޮށް އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، "ފޭކް ނޫނީ ތާޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދޭ" ކަމަށެވެ. އަދި "ޓްރެވެލް ޑިކްލަރޭޝަން ފޯމަކީ ހިލޭ ލިބޭ ފޯމެއްކަން" ވެސް އާންމުންނަށް އަންގާފައިވެއެވެ.
އިމިގްރޭޝަނުން ދެމުންދާ ގިނަ ޚިދުމަތްތަކެއް މިހާރު ދެމުން އަންނަނީ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ. މީގެ ތެރޭގައި ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތްވެސް ހިމެނެއެވެ. ނަމަވެސް، މި ޕޯޓަލްގެ ނަމުގައި އުފައްދާފައިވާ ނަކަލު ވެބްސައިޓްތަކުން އާންމުންގެ މަޢުލޫމާތު ހޯދައި، އޮޅުވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
https://twitter.com/ImmigrationMV/status/1920421066809254243?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1920421066809254243%7Ctwgr%5E66208106e071df11b9018db989f3c1ceda2363f4%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1229244%2F
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ ކަންކަމަށް ސަމާލުވުމަށް ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.






