Tuesday, October 27
10 ދުވަހުގެތެރޭގައި ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގޮތަށް ހިންގަނީ

ދިހަ ދުވަހުގެ ތެރޭ ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާރވިސް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ނަމުގައި ކުރިއަށްގެންދާ ޕޮޑުކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތެލެސީމިއާ ގެ ކަންކަން ހައްލުކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ ތެލެސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާކަމަށެވެ.

ރައީސް ވިދާޅުވީ މިއަދާހަމައަށް އައިރު ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ތެލަސީމިއާ ސެންޓަރު ހިންގުން އޮރެންޖު ހިޔާއަށް ބަދަލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖާގައިގެ އިތުރުން އެ ސެންޓަރުގެ ވަޞީލަތްތައްވެސް ރަނގަޅުވާނެކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ވަޞީލަތްތައް ހޯދުމަށާއި މުވައްޒަފުން އިތުރުކުރުމަށް މާލީ ވުޒާރާއަށް އަންގާފައި ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށްޓަކައި ސްޕެޝަލިސްޓުން މަދުނަމަވެސް، ބޭރުން ޑޮކްޓަރުން ގެނެސްގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ބޯންމެރޯ ހެދުމުގެ ހިދުމަތްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެއްވުމަށް ވަނީ ވައުދުވެވަޑައިގެންފައި ކަމަށެވެ. މިހާރު 14 ކުދިންނަށް މި ހިދުމަތް ދެމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގިނަވެގެން 2 ހަފްތާގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ތެލަސީމިއާ ސެންޓަރު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށައް ބަދަލުކުރެވޭނެކަމަށާއި، މިހާރު އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެއާއެކު ތެލެސީމިއާ ކުދިން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް، އެހެނިހެން އިތުރު ފައިދާތަކެއް ލިބިގެންދާންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ޖުމުލަކޮށް މުޅި ތަނަށް ބޭނުންވާ މުވައްޒަފުންވެސް، 12 ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު ދަނީ މަސައްކަތްވެސް ކުރިޔަށް. އަދި ތަން ހިންގާގޮތް، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގައި، ގަޑިތަކާއި، އޮޕަރޭޝަނަލީ ހިންގާ ގޮތް ބަދަލުކުރުން އެއީ ވަރަށް މުހިއްމުކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެންބީއެސް ބަދަލުކުރާނަން. މިއިީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާކަމެއް. ކުދިންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރާކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު