ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. އެތަނުގެ މަސައްކަތް އަވަހަށް ނިންމުމަށް ރައީސްގެ އިރުޝާދުގެ ދަށުން ސިފައިނާއި ހަވާލުކުރީ މިދިޔަ މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ. މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އޭޕްރީލް މަހުގެ ތިރީސް ވަނަ ދުވަހުއެވެ. މިއަދު ވަނީ ސެންޓަރު މިނިސްޓްރީ އާއި ހަވާލުކޮށްފައެވެ. ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ، އޮރެންޖު ހިޔާގައި އަލަށް ޚިދުމަތް ފޯރުކޮށްދޭން ފަށާ ތެލެސީމިއާ އެންޑް އަދަރ ހިޔުމޯގްލޯބިނޯޕެތީސް ސެންޓަރަށް މިއަދު ލޭ ހަދިޔާކޮށްފައެވެ.އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ. އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް. pic.twitter.com/GSB5GCfcwa
— Dr Mohamed Muizzu (@MMuizzu) May 8, 2025
މިއަދާއި ގުޅިގެން ރައީސް މިއަދު ވަނީ ހިތޯބެއް ދެއްވާފައެވެ. އެ ހިތޯބުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، ދިވެހި މުޖްތަމަޢުން ލިބެން އޮތް ކޮންމެ ފުރުޞަތެއް ތެލެސީމިއާ ކުދީންނަށް ފަހިކޮށް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކުދީން އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދު ހަގީގަތަކަށް ވުމަކީ، ޤައުމަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއް ކަން ރައީސް ވަނީ ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގައި ތެލެސީމިއާ ކުދިންގެ ދަފުތަރެއް 1992 ވަނައަހަރު އެކުލަވާލެވެންފެށި އަދި 1994 ވަނަ އަހަރު ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ނެޝަނަލް ތެލެސީމިއާ ސެންޓަރެއް ގާއިމު ކުރެވި ތެލަސީމިއާގެ ފަރުވާ، ތެލަސީމިއާ ކޮންޓްރޯލް ކުރުން، އަދި ހޭލުންތެރިކުރުމުގެ ޚިދުމަތްތައް އެ ސެންޓަރުން ފޯރުކޮށްދެމުންގެންދެއެވެ. ސަރުކާރުން މިހާރު ދަނީ ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭނެ ހޮސްޕިޓަލެއް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދހު ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފި. pic.twitter.com/HFWg9KJryT
— Maldives National Defence Force (@MNDF_Official) May 8, 2025






