Thursday, November 12
ބޯހިޔާވަހިކަމުގެ ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައި ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލާފައި ވަނީ މިމަހުގެ18 ވަނަ ދުވަހާއި ހަމައަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލުގެ ސަބަބުން ރާއްޖޭގައި މިވަގުތު ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ލިބިގެންދާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ބިލު ދިރާސާކުރުމުގެ މަރުހަލާގައި އިތުރު އިސްލާހުތައް ގެނައުމަށްވެސް މެންބަރުން ވަނީ ލަފާ ދެއްވާފައެވެ.

މިބިލް މަޖިލީހުގެ ވެބްސްއިޓުން ބަލާލެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު