Monday, November 2
ޕެންޝަން އޮފީހުގެ ޗެއަރޕަރސަންކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މި މަޤާމަށް އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން މި ފުރުޞަތު ހުޅުވާލަން ޖެހުނު ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވިއެވެ.

ޕެންޝަން އޮފީހުގެ ޗެއަރޕަރސަންކަމަށް ކުރިމަތިލުމަށް ފުރަތަމަ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، ކުރިން ހުޅުވާލެވުނު ފުރުޞަތުގައި މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، ބޯޑުގެ ޗެއަރޕަރސަން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ޚާއްޞަ ސިލެކްޝަން ކޮމިޓީއަކުންނެވެ. މި ކޮމިޓީން މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއްގެ ނަން ޝޯޓްލިސްޓް ކުރާނެއެވެ.

ޝޯޓްލިސްޓް ކުރުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބަލާ ޔަޤީން ކުރާނެއެވެ. އަދި މި މަރުހަލާތައް ނިމުމުން، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު