Monday, November 2
ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި އއ. އަތޮޅު ޕޮލިސް ގުޅިގެން އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މެއި މަހުގެ 5 އިން 7 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 38 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލައި، ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމަށް ތޮއްޑޫގެ ގެސްޓްހައުސްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ތޮއްޑޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި، ރަށުގެ ފަތުރުވެރިކަމާ ގުޅުންހުރި އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ތޮއްޑޫގެ މޫދަށްއެރޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗް ބޯޑުތައް ޖެހުމާ ގުޅޭ މަޝްވަރާތައްވެސް ހިމެނެއެވެ.

ބައްދަލުވުމުގައި ވާހަކަދެކެވުނު ކަންކަމާ ގުޅޭގޮތުން ތޮއްޑޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، ޓޫރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަން ޕްރޮގްރާމަކީ ތޮއްޑޫއަށް ވަރަށް މުހިންމު އަދި ބޭނުންތެރި ޕްރޮގްރާމެކެވެ. އަދި ޓޫރިސްޓު ޕޮލިހުގެ އެހީތެރިކަން ތޮއްޑޫއަށް ވަރަށް މުހިންމުކަންވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު