Monday, November 2
ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރާ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްފީޑެއްގައި ކުރިއަށް

ތ. ގުރައިދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ސޭންޑްބަންޑް ވޯލްގެ 36 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. އަދި މިވަގުތު ޕްރޮޖެކްޓް ސައިޓްގައި ޖިއޯބޭގް ފިލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 979 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރެވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް 106 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މަސައްކަތް ނިންމުމަށް 300 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

2،272 މީހުންގެ އާބާދީއެއް އޮންނަ ގުރައިދޫއަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށް ޒިޔާރަތްކުރާ ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރަމުން ގެންދެއެވެ. އެ ރަށުގައި އެއާޕޯޓެއް ގާއިމުކުރުމަކީ ރައްޔިތުންގެ ދުވަސްވީ ބޮޑު އުންމީދެކެވެ.

"ގުރައިދޫގައި އެއާޕޯޓެއް ގާއިމުވެގެން ދިއުމަކީ މުޅި ތ. އަތޮޅަށް ވެސް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ގުނަ ފައިދާތަކަކާއި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް،" އެމްޓީސީސީން ބުނެފައިވެއެވެ. އަދި އެއާޕޯޓުގެ ސަބަބުން މި ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ތަރައްގީވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު