Monday, November 2
މިރޭވެސް މޫސުން ގޯސް ވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މެޓެރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ފެލިދެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު އިރުއޮއްސި 18:30 އިން ފެށިގެން ދަންވަރު 00:30 އާ ހަމައަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށެވެ.

މެޓް އޮފީހުން ދިން މައުލޫމާތުގައި، މި ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ ބުނެފަައެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މޫސުން ގޯސްވެފައިވާ ދަނޑިވަޅުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު