Thursday, November 12
ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

ތިނަދޫ ސިޓީގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާގެ ހާލު އަންނަނީ ރަނގަޅުވަމުން އަންނަކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ތިނަދޫ ސިޓީ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި، ސައިކަލެއްޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިދިޔަ އޭޕްރީލްމަހުގެ 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީގައި ހަމަ އެރޭ މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު އަންހެން މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވައިކަމަށް ވެސް ފުލުން ބުނެއެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ ހާޒިރުކޮށް ތަހުގީގުގައި  ސުވާލުކޮށްފަކަމަށެވެ.

މި މައްސަލަ ފުލުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު