Thursday, November 12
ޔުނެސްކޯގެ އެހީގައި ތަރިކައިގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި
ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ދިޔައީ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތަކާއި ކުރިއަށް ކުރަންހުރި ކަންކަން ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތަކާއި ކުރިއަށް ކުރަންހުރި ކަންކަން ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ބައްދަލުކުރެއްވައިފިއެވެ. މި ބައްދަލުވުމުގައި ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. ހަމަ އެހެންމެ ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަޝްވަރާތައް ހިނގާތާ މިހާރު 13 ވަރަކަށް އަހަރުވެއްޖެކަމާއި އެ ކަމަށް ކުރު އަވަސް މަގެއް ހޯދުމުގެ ޝައުޤުވެރިކަން މި ސަރުކާރުގައި އެބަ އޮތްކަން ވަޒީރު ފާޅުކުރެއްވިއެވެ. އެ ކަމަށް އިޖާބަދެއްވައި ޖުންހީ ވަނީ މަސައްކަތުގެ ވަގުތު ރޮނގެއް ވަޒީރާ ހިއްސާކުރައްވައި، އެ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ކުރަންހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމާފައެވެ.

ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާގެ މިދަތުރުފުޅުގައި، މާލެގައި ހުރި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ، މާލޭ ހުކުރު މިސްކިތް، ކަޅުވަކަރު މިސްކިތް އަދި ޢީދު މިސްކިތަށް ވަނީ ޒިޔާތްކުރަށްވާ އެތަންތަން ބައްލަވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު