Thursday, November 12
ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ ޢައްޔަންކުރަން ކޮމިޓީން ރުހުންދީފި
ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރުހުންދީފިއެވެ. އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައި މިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު އިމާދު މިދިޔަ މަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަޤާމަށް، އަސްނާގެ ނަން ފޮނުވުމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދުވަނީ އޭނާއާއި އިންޓަރވިއުކޮށްފައެވެ. މިމަރުޙަލާގައި އޭނާގެ ތަޢުލީމާއި ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޤާބިލު ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ. އެހެންކަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް ޢާއިޝަތު އަސްނާ ހަމްދީ ޢައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމަށް ނިންމާފައިވާކަމަށް ކޮމިޓީގެ މުޤައްރިރުވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު