މި ބަދަލު ގެނައި ސަބަބެއް ނޭނގެ އެވެ. ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ދޭތެރެދޭތެރެއިން ބަދަލު ގެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގިނަ ކޮމިޓީތަކެއްގެ ބައްދަލުވުން މިއަދަށް ތާވަލުކޮށްފައިވީ ނަމަވެސް، ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދަކު ނެތެވެ. އިއްޔެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ހެނދުނު 11:00 އަށް ތާވަލުކުރި އެވެ. އެކަމަކު، އެ ބައްދަލުވުން ފަހުން މެންދުރު 1:00 އަށް ބަދަލުކުރި އެވެ. ނަމަވެސް އެ ބައްދަލުވުން ފަހުން ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު، ބައްދަލުވުން ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.
ފާހަގަކޮށްލަން ޖެހޭގޮތުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ޕީއެންސީ ސްލޮޓަކަށް ބަދަލުމިގެނައީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގައި އޮއްވައެވެ.





