Thursday, November 12
ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ހުށަހަޅާފައެއް ނެތް: އަމީން
ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ ކުންފުނިން ހުށަހަޅާފައި ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ  ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް ކާޑެއްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ އެއަރޕޯޓު މިހާރުވެސް ހިންގާ ވިލާ އެއަރއާ ހަވާލުކޮށްގެން ނުވަތަ ސަރުކާރުންތޯ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުފުﷲ ހިލްމީ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. ސައުދުﷲ  ވަނީ އެ އެއާޕޯޓުން " އެންމެ ފީ ފަންވަތެއްގެ މިންވަރު ވެސް ނުނަގައި ސަރުކާރާ ހަވާލުކުރާނެ" ކަމަށް ވިލާ ކުންފުނިން ބުނެފައިވާކަން ފާހަގަކުރައްވައި އެކަން މިހާރު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ މިނިސްޓަރު އަމީނާ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރުމަށް އެއްވެސް ހުށަހެޅުމެއް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ރަސްމީކޮށް ތިކަހަލަ އެއްވެސް އެންގުމެއް ސަރުކާރަށް އަންގާފައެއް ނެތް. ކެމްޕެއިން ތެރޭގައި ނޫނީ ސޯޝަލް މީޑިއާގައި ހިނގަމުންދާ ކަންތައްތަކަށް އަޅުގަނޑަށް ވަރަށް ދަތިވާނެ އެއްޗެއް ދަންނަވަން،" އަމީން ވިދާޅުވިއެވެ.

"ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއި ޕްލޭން ރައީސް އެވަނީ ވިދާޅުވެދެއްވާފައި. އަޅުގަނޑުމެން މިހާރު އެބަ ގެންދަން ޑައިލޮގްތަކެއް އެ އެއާޕޯޓާ ހަވާލުވެ ތިބި މީހުންނާއެކީ ތަރައްގީކުރުމަށް،" އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާއެއްގޮތަށް އެމަސައްކަތް ކުރުމަށް އެއެއަރޕޯޓު ހިންގަމުންދާ ފަރާތަކަމުގައިވާ ވިލާއެއަރއާއެކު މަޝްވަރާތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު