މިއަދުގެ ރަސްމިއްޔާތުގައި، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން އެމަނިކުފާނަށް ވަނީ "ކޮމިޓްމަންޓް ލެޓަރ" އަރުވާފައެވެ. މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާއި ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މަޝްރޫޢެކެވެ."މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް" ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވުން pic.twitter.com/EArY54sWxw
— The President's Office (@presidencymv) May 7, 2025

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ލިޔުން ކިޔާލުމުން





