Thursday, November 12
ތަހްގީގަށް ހާޒިރުނުވެގެން މީހަކު ހޯދަން އިއުލާންކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި މީހަކު ހޯދަން އުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާންކުރީކަމަށެވެ. އެގޮތުން ހޯދަން އިއުލާންކުރީ

ށ. މިލަންދޫ، ނަސީމީވިލާ އިސްމާޢީލް ސަމީމް އެވެ. އޭނާގެ އުމުރަކީ 29 އަހަރެވެ.

ހާޒިރުވާންޖެހޭ ތަނަކީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު