Monday, November 2
މިފްކޯގެ މަސްކިރާ ބޯޓް، "ރަންދި 27" ވިއްކާލުމަށް އަލުން އިޢުލާން ކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އެ ކުންފުނީގެ މަސްކިރުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި "ރަންދި 27" ވިއްކާލުމަށް އަލުން އިޢުލާންކޮށްފިއެވެ.

މިފްކޯއިން މިކަމާ ގުޅޭގޮތުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު މި ބޯޓު ވިއްކާލުމަށް ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވުމާ ގުޅިގެން، އެ އިޢުލާނު ބާޠިލުކުރުމަށްފަހު، މިހާރު ވަނީ ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ނިންމާފައެވެ. މި ބޯޓު ވިއްކާލުމަށް ހަމަޖެހިފައިވަނީ 400,000 ރުފިޔާގެ ފެށޭ އަގެއްގައެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިފްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި މި ބޯޓަކީ ފައިބަރުން ބަނދެފައިވާ، 50 މެޓްރިކް ޓަނުގެ ބޯޓެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން މި ބޯޓުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ. މިހާރު މި ބޯޓު ބަނދަރުކޮށްފައި ވަނީ ފެލިވަރުގައެވެ.

މި ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ބޯޓުގެ އިންޖީނު ހަލާކުވެ، އަދި އެހެނިހެން ވަސީލަތްތައްވެސް މަރާމާތުކުރަން ޖެހިފައިވާތީއެވެ. މިފްކޯއިން ވަނީ މިދިޔަ އަހަރުތަކުގައި އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އާ ބޯޓުތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ދުވާލަކު 60 ޓަނުގެ މަސް ގަނޑުކުރެވޭ އަދި 200 ޓަނުގެ މަސް ރައްކާކުރެވޭ ޒަމާނީ ބޯޓުތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު