Monday, November 2
ފުވައްމުލަކު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި 3 ކޭސް ސިނގިރޭޓް ވަގަށް ނަގައިފި

ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ބިއްލޫރިގަނޑު ތަޅާލައި ތިން ކޭސް ސިނގިރޭޓް ވަގަަށް ނަގައިފިއެވެ.

ފުލުހުން ބުނީ، މިދިޔަ އަދީއްތަ ދުވަހުގެ ރޭ 06:40 ހާއިރު އެ ސިޓީގެ މާލެގަން އަވަށުގައި ހުންނަ "ޔޫރޯ ސްޓޯރ" ގެ ބިއްލޫރި ގަނޑު ތަޅާލައި މަލްބަރޯ ސިނގިރޭޓް ތިން ކޭސް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު