Thursday, November 12
މިދިޔަ އަހަރުގެ ހުރިހާ ހުތުބާ އެއް އިނގިރޭސިއަށް ތަރުޖަމާކޮށްފި
2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފިއެވެ. ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ހިމަނާފައި ވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. ޚުޠުބާއާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އަރުވަން ވަނީ ފަށާފައެވެ. ފޮތް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު