Thursday, November 12
ސަމާލުވޭ: އޭޕްރީލް މަހު ޑެންގީކޭސް އިތުރު: އެޗްޕީއޭ

2025 ވަނަ އަހަރުގެ ވޭތުވެ ދިޔަ މަސްތަކާއި އަޅާ ބަލާއިރު އޭޕްރީލް މަސް ތެރޭގައި ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު ވަނީ އިތުރު ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން 352 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

މި އަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައަދުގެ އިތުރުން ރ އަދި އއ އަތޮޅުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު75 ކޭސް، ފެބުރުއަރީ މަހު80 ކޭސް، މާރޗް މަހު73 ކޭސް އަދި އޭޕްރީލް މަހު ވަނީ ކޭސްތަކުގެ އަދަދު ވަނީ 124 އަށް އަރާފައެވެ.

އެހެން ކަމުން ޑެންގީން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރި ހެފުމުން ރައްކާތެރިވުން:
  • މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން.
  • މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ތަކެތި ބޭނުންކުރުން މުހިންމު.
  • DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone)
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން.
  • ކުޑަދޮރު ފަދަ ތަންތާނގައި މަދިރިދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
  • އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި, އެންމެ ރަގަޅީ ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން.

ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން:
  • ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ބަންދުކުރުން. އާއްމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާ ގޮތަށް ހުންނަ (ހުސްފުޅި އާއި ދަޅު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/ މަތިއެޅުން. މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުން. ދައުރު ނުވާގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން.
ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު