Saturday, October 31
މައުރަޒުގެ ކިއޮސްކް ތަކުގެ އަގު ހެޔޮކޮށްފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ހެޔޮކޮށްފިއެވެ. މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ މައުރަޒެކެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް 20 ކިއޮސްކު ޚާއްޞަ ކޮށްފައިވާއިރު ބާކީ ކިއޮސްކުތައް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މިއިން ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒް ކުރިއަށްދާ ކޮންމެ ދުވަހަކަށް 1،111 ރުފިޔާއެވެ. ނަމަވެސް މިހާރު ސަރުކާރުން މި ކިއޮސްކުތައް ވިއްކާ އަގަށް ގެނައި ބަދަލާއެކު ގޭގައި އަމިއްލައަށް މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގަކީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/444 ރުފިޔާއެވެ. އެނޫން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކަނީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/666 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް -/3000 ރުފިޔާއާއި -/4000 ރުފިޔާއާ ދެމެދުގެ ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.

މި ކިއޮސްކު ތަކަކީ ރާއްޖޭގައި އާންމުކޮށް ބާއްވާ މިފަދަ މައުރަޒްތަކާއި ތަފާތުކޮށް، ފެންވަރު ރަނގަޅު އަދި ތަކެތި ވިއްކާ ފަރާތްތަކަށާއި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކިއޮސްކު ތަކަކަށް ވެގެން ދާނެކަން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު