Thursday, November 12
ވަގަށް އެތެރެކުރި ކަމަށް ބެލެވެ 221 ކަރޓަން ސިގިރޭޓް އަތުލައިގެންފި
ވަގަށް އެތެރެެކޮށްފައިވާ ކަމަށް ބެލޭވޭ 221 ކަރޓަން ސިގިރޭޓް ފުލުހުން އަތުލައިގެންފިއެވެ. ފުލުހުން ވިދާޅުވީ ރޭ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްފައި ދިއުމުން އެކަން ތަހުގީގުކުރަމުން އަންނަކަމަށެވެ. އެގޮތުން އެކޮތަޅުތައް ބަލައި ފާސްކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން ތިން ބަނގްލަދޭޝް ފިރިހެނުން ވަނީ އަތުލައިގެންފައެވެ. ފުލުހުން ބުނީ މިއީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވަ ސިގިރޭޓް ކަމަށް ބެލެވޭތީ މި މައްސަލަ ތަހްޤީޤް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ މަހުވެސް ފުލުހުން ވަނީ ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައެވެ. އެގޮތުން 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އެއީ ޖުމްލަ 13.6 މިލިޔަން ސިނގިރޭޓު ސްޓިކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު