Thursday, November 12
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
ހުވަދުއަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ. މިރޭ ދިހަ އަކުން ފެށިގެން މެމްދަމު ތިނެއް ޖަހުމާއި ހަމައަށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ދެކުނަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު