Monday, November 2
ބޮޑެތި މަރުތަކުގެ ތަހުގީގުތަކުގެ އިސްވެރިޔާގެ މަގާމުން އެހެން ޑިޕާޓްމަންޓަކަށް ސާމިހު ބަދަލުކޮށްފި

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު މަގާމުން ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.

ސާމިހު މި މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން މި މައްސަލައިގެ ތަޙުޤީޤަށް ބަދަލުތަކެއް ގެނައުމަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ  ޑރ މުޢިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ތުހުމަތު ކުރެވެނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށް މިނިސްޓަރު ގުޅުއްވާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު