Monday, November 2
މާލޭގައި ދިވެހި ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

 

މާލޭގައި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ މާލޭގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށާއި ޒަހަމް ކޮށްފައި ވަނީ ވަޅިއަކުން ކަމަށެވެ،

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިރޭ 8:35 ހާއިރު ސަބްދެލިމަގު ޗާންދަލިއަރ ކައިރީގައި ކަމަށާއި މި މައްސަލަ ފުލުހުންނަށް ރިޕޯޓުވެސް ކުރި ކަމަށެވ.

ފުލުހުން އިތުރަށް ގޮތުގައި، މި ހާދިސާގައި ޒަޚަމްވެފައިވާ ފަރާތަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު