Monday, November 2
ބާރަށުގައި ސިހުރުވެރީން ހޯދަން ފުލުހުން އޮޕަރޭޝަނެއް ހިންގައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އޮޕަރޭޝަނެއް ހިންގައި، އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ބަޔަކާ ސުވާލުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް މިއަދު ހެނދުނު 7:00 ގައި ފެށުނު މި އޮޕަރޭޝަންގައި، ބާރަށުގެ އަށް ތަނެއް ބަލައި ފާސްކުރެވުނު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރެވުނު ކަމަށާއި، މިހާރު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސިހުރު ހެދުމަކީ އިސްލާމްދީނުގައި ޙަރާމްކުރެވިފައިވާ ކަމެއް ކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުގައިވެސް މަނާކުރެވިފައިވާ ކަމެކެވެ،

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު