ތިނަދޫ ސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން އެ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނާއި މަސައްކަތްކުރާ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.ފުރަތަމަ މަރުހަލާގައި ކެމްޕަހުގައި ތިން ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ މަރުހަލާގައި ދަރިވަރުންނަށް ޚާއްޞަކޮށްގެން ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެއެވެ. އަދި ތިންވަނަ މަރުހަލާގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެއެވެ.
ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކުގައި 31 ކޮޓަރީގެ އިތުރުން ލޯންޑްރީއެއް ހިމެނޭއިރު، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުގައި 7 ކޮޓަރީގެ އިތުރުން ކެފޭއެއް ހިމެނޭނެކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ތަރައްގީކޮށް އެކަމޮޑޭޝަން ބްލޮކެއް އިމާރާތްރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ
ޕްރެސް ރިލީޒް:https://t.co/K1phUHaooA pic.twitter.com/gPGmC5Drgh
— MTCC Plc (@MTCCPlc) May 5, 2025
މި މަޝްރޫޢު ނިމުމުން ތިނަދޫ ސިޓީގެ ރައްޔިތުންނަށް ތަޢުލީމީ އަދި އިޖްތިމާޢީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.
މި ލިޔުން ކިޔާލުމުން