Monday, November 2
އައްޑޫ މަރަދޫފޭދޫ އިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ މަރަދޫފޭދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 76 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫގެ އަލަށް ހިއްކާފައިވާ ބިމުން، ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުންނެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި، މި 76 ގޯތީގެ ތެރެއިން 68 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫ އަވަށުގެ މީހުންނަށެވެ. އަދި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އަށް ގޯއްޗެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުން "އައްޑޫސިޓީ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" ގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތަކާއެކު ޖޫން 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން މަރަދޫފޭދޫ އަވަށު އޮފީހަށް ފޯމު ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި ގޯތިތައް ދޫކުރުމަށް ހުޅުވާލުމާއެކު، އައްޑޫ ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު