ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޜަން ރޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން ސޯޝަލް ސެންޓަރުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަޠީފެވެ.
ރޭގެ ފައިނަލް މެޗުގައި ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ބައްދަލުކުރި މެޗު، 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްލަބް ވެމްކޯއެވެ.
ރޭގެ ރަސްމިއްޔާތުގައި، ޤައުމީ ވޮލީބޯޅަ މުބާރާތް 2025 – އަންހެން ޑިވިޜަންގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި ރެފްރީންނަށް އިނާމު ދީފައިވެއެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަށް ރިހި މެޑެއްޔާއި ފައިސާގެ އިނާމު ޙަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ، އަންހެން ޑިވިޜަންގެ އެންމެ މޮޅު ދިވެހި އަދި ބިދޭސީ ކުޅުންތެރިންނާއި، 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ޝަރަފު އަރުވާފައެވެ.
އަދި، މުބާރާތުގެ އެންމެ ޝަރަފުވެރި އެއް ވަނަ ހޯދި ކްލަބް ވެމްކޯއަށް، ރަން މެޑަލް، ޓްރޮފީ، އަދި ސެޓްފިކެޓްވެސް ޙަވާލުކޮށްދެއްވީވެސް ނައިބު ރައީސެވެ.
މި ލިޔުން ކިޔާލުމުން