Saturday, October 31
އައިޖީއެމްއެޗް އޮޕަރޭޝަނަށް ހާއްޞަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލުގެ މަސައްކަތް ކުރަނީ

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ދެމެދު އެއްބާރުލުން ދިނުމުގެ ގޮތުން، އައިޖީއެމްއެޗްގެ އޮޕަރޭޝަނަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމުން ބައެއް އޮޕަރޭޝަންތައް ހުޅުމާލޭ ހޮސްޕިޓަލުގައި ކުރުމަށް ނިންމައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ދެ ހޮސްޕިޓަލް ގުޅިގެން އެއްބާރުލުން ދިނުމުގެ ގޮތުން،  އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުން ހަފްތާއަކު އެއްފަހަރު މަސައްކަތް ކުރައްވާނެއެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުން ހަފްތާއަކު އެއްފަހަރު މަސައްކަތް ކުރާނެއެވެ.

We are pleased to announce a new collaborative initiative between IGMH & Hulhumalé Hospital. Surgeons from HMH will be...

Posted by Hulhumalé Hospital on Sunday, May 4, 2025

ދެ ހޮސްޕިޓަލުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުން ހުޅުމާލޭ ހޮސްޕޓަލުގެ އޯޕީޑީ ގައިވެސް މަސައްކަތް ކުރާނެއެވެ.

މިކަމަކީ ދެ ހޮސްޕިޓަލުގައިވެސް އޮަޕރޭޝަނަށް ޙާއްޞަ ފަރުވާއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު