ދ. ވާނީގައި ފުލުހުންގެ ޓްރެއިނިންގ ހަދަމުންދިޔަ ފުލުހުގެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނ ހާލުދެރަވެ ފަރުވާދޭން މާލެ ގެނެސްފައި ވަނީ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި އަސާސީ ތަމްރީނު ކޯހުގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ 34 އަހަރުގެ ފިރިހެން ރެކްރޫޓެއް ކަމަށެވެ. އަދި އެކުއްޖާ މާލެ ގެނެސްފައިވަނީ ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށްކަމަށާއި، އޭނާގެ ހާލު ވަރަށް އަދިވެސް ސީރިއަސްކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ އެޒުވާނާއަށް ފަރުވާދެމުން ދަނީ މިއަދު މެންދުރުން ފެށިގެންކަމަށެވެ.
މި ލިޔުން ކިޔާލުމުން