Monday, November 16
ފަސް ފަރާތަކުން އާރުޑީސީގެ އިންޓަރންޝިޕް ޕުރޮގުރާމު ނިންމައިފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދިޔަ އިންޓަރންޝިޕް ޕުރޮގުރާމު ފަސް ފަރާތަކުން ފުރިހަމަކޮށްފިއެވެ. އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މި އިންޓަރންޝިޕް ނިންމި ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވައިފައެވެ. އެ ކުންފުނިން ބުނީ މުސްތަޤުބަލުގެ ލީޑަރުން ތަރުބިއްޔަތުކުރުމަށް ހިންގާ ހަރަކާތްތަކަށާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށެވެ. އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންޓަރންޝިޕް ޕުރޮގުރާމު ކުރިއަށްގެންގޮސްފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. މި ޕުރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު