ހއ. ދިއްދޫ ބަނދަރު ހެދުމާއި ފާލަން އެޅުމުގެ މަޝްރޫޢުގެ %92 ނިމިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ހއ. ދިއްދޫ ބަނދަރު ހެދުމާއި ފާލަން އެޅުމުގެ މަޝްރޫޢުގެ %92 ވަނީ ނިމިފައި #HarbourProjects pic.twitter.com/QuDLuRzn2y
— Ministry of Construction, Housing & Infrastructure (@MoCImv) May 4, 2025
މިގޮތުން އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން އަދާ ހަމައަށް، އެއްގަމު ތޮށީގެ މަސައްކަތް އެއްކޮށް ނިންމައި، ބޭރު ތޮށީގެ %95 މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ވުޒާރާއިން ބުނީ މިހާރު ކުރިއަށްދަނީ ހިނގާ ދުވާރު އެޅުމުގެ މަސައްކަތް ކަމަށެވެ.
94،018،617.37ރ. ގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކުރީ 11 ފެބުރުވަރީ 2021 ގައެވެ.
މި ލިޔުން ކިޔާލުމުން